Pages

Monday, January 21, 2013

ބޭނުމޭ ދިނުމަށް އެކީގައި



 
ބޭނުމޭ ލޯބީގެ ފޮނިރަހަ އަރުތެރޭގައި ލެއްވުމަށް.

ބޭނުމޭ ތިޔަދޭ އިޝާރާތުގެ ޙަޤީޤަތް ފެނިލުމަށް.

ބޭނުމޭ ބުނެލަން ތިއޭ އަހަރެންގެ ހިތުގެ ޝިފާއަކީ.

ބޭނުމޭ އަބަދުމެ ލިބުން ތިޔަދޭ އުފާތަށް ޖާޒުބީ.

ދޭނެކަމުގައި ހުރެ މިތާ އުންމީދުތައް އާލާވެއޭ.

ދޭނަމޭ ތިބުނާ އުފާތަށް ހޯދުމަށް އެދި ހިތް ރޮއޭ.

ދޭހިތުންދޭ ކޮންމެ އެއްޗެއް ހެޔޮހިތުން ހޯދާނަމޭ.

ދޭދިނުން އަނބުރާ އެގޮތުގައި ހަމަ ތިބާއަށް ދޭނަމޭ.

Wednesday, January 9, 2013

ހިތު ވިންދު


 


 ހިތުގާ ހިނގާ ޝުޢޫރާ ގުޅިފައި ވެޔޭ ޚިޔާލާ

ހިތަކީ ނިކަން ލޮއީފީ ތަނެކޭ ބުނަން ދުރާލާ

ހިނިތުން ހިތައް އެގެނުވާ ބަސްތައް އެކުރުވި އަސަރާ

ހިނިއަންނަ ފަދަ ގޮތެއްގައި ހޭދަވި ރެއާއި ވަގުތާ

ހިތަކަށް ލިބޭނެކަމުގައި ބުނެހުރެ އެވީ އެ ވަޢުދާ

ހިތުގައި ވެޔޭ ކަނޑާނެގި ތިއަޑާއި އޭގެ އަސަރާ

ހިތުގާ މަގޭ ނުޖައްސާ ތިޔަހެން އުފާ އެ ދީފާ

ހިތު ވިންދަކީ މެ އަގުހުރި އެއްޗެއް ކަމަށް ބަލާލާ

ހިތިކަން ވަނީ އެ ލިބިފައި މިހަޔާތުގައި އުދާހާ

ހިތިރަހަ ފަދައިން އެރަހަވެސް ހިތުގައި ވެޔޭ ފުރާލާ