Pages

Tuesday, February 5, 2013

އެކުގައި ވަމޭ


 
އެކުގައި ވަމޭ ކާރީނެތަސް، އެކު އެބަހުރިން ދުރުގައިވިޔަސް.
     އެކުގައި ވުމަށް ހިތް އެދެވުނަސް، އެކުވެރިވުމަށް ބޭނުންވިޔަސް.
ފިރުމާ އުފާ ދޭން ބޭނުމަސް، ފިނިކަން ހިތަށް ދޭން އެދެވުނަސް.
     ފިކުރާ ޚިޔާލާ ގުޅުނަކަސް، ފިކުރާވެ ލާމެހި ގުޅިވިޔަސް.
ވާކަށް ނެތޭ ބޭނުން ވިޔަސް، ބަލި ހާލު އެނދުގައި އަދުއޮތަސް.
     ވާވަރު ބަޔާންކޮށް ނުދެވުނަސް، ބޭނުން ބުނަން ދެން ނުވެވުނަސް.
މިގޮތަށް މިހެން ކަންތައް އޮތަސް، މިތުރާ ލޮލަށްދެން ނުފެނުނަސް.    
     މިގޮތުގަ ހުރުން އަދު އުނދަގުލަސް، މިހިތަށް ތުރާތަށް އަދުވިޔަސް.    
ހިތުގަވި އެދުންތައް ނުފުދުނަސް، ހިތު އެޅި މިކަންތައް ނުމެވިޔަސް.
     ހިނިތުންވަމޭ ތިހަދާން ވިޔަސް، ހިތަކަށް ލިބެން އަދު ނުމެނެތަސް.