Pages

Friday, June 8, 2012

ބިންވަޅު ނެގުނު ފިޔަވަޅު5




އައިޝްއާއި ކުޑައަލިބެ ހިނގަމުން އައިސް އާތިފްގެ ގޭދޮރުމައްޗަށް އެރި އިރު ދޮރު ހުރީ ހުޅުވާފައެވެ. ސަލާންގޮވާލުމުން ގޭތެރެއިން އާތިފްގެ މަންމަ ސަލާންބަލައިގަތެވެ. އަދި ގެއަށް ވަނުމަށް ބުންޏެވެ. ގޭތެރޭގައި ހުރި ގޮނޑިއެއްގައި ކުޑައަލިބެ އިށީނުމަށް ބުނެ، ދިމާވެގެން އުޅޭ މައްސަލަގެ ވާހަކަ ދައްކަންފެށިއެވެ. " މައްސަލަ ޖެހިގެން މި އުޅެނީ އައިޝް މީހުންދައްކާ ވާހަކަ ޤަބޫލުކުރާތީ، އައިޝް ކަންތައް އެ ކުރީ ރަނގަޅަކަށް ނޫން." އާތިފްގެ މަންމަ ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން އައިޝް ބޭބެކާރީ މަޑުކޮށްލިއެވެ. ދެން ކަންހިނގާނެ ގޮތެއް ނޭނގޭތީވެސްމެއެވެ. ކުޑައަލިބެ ގާތު އައިޝް ކަންތައްކުރީ ރަނގަޅަކަށް ނޫންކަމަށާއި ބަސް އަހައިގެން އުޅެންޏާ މިގޭގައި ހުއްޓަސް އެންމެ ރަނގަޅުކަމަށް ބުންޏެވެ.
އާތިފްގެ މަންމަ ދެއްކި ވާހަތައް ކުޑައަލިބެ އަހަމުން ދިޔައެވެ. އެއްވެސް އެއްޗެއް އިދިކޮޅަށް ބުނުމުގެ ހިތްވަރެއް މިއަދަކު ކުޑައަލިބެ ގަޔަކުނެތެވެ. އައިޝް ގެންގޮސް ބަލާނެ ފަދަ ވެސްނެތެވެ. ސަބަބަކީ ކުޑައަލިބެއަކީ ވެސް ވަރަށް ނިކަމެތި ހާލެއްގައި  5 ކުދިން ގޮވައިގެން ބޯކޮށައިގެން ލިބޭ ލާރި ފޮއްޗަކުން ދިރިއުޅޭ މީހަކަށް ވާތީއެވެ. އާތިފްގެ މަންމަ ގާތު ލަސްވަނީކަމަށް ބުނެ ކުޑައަލިބެ ދިއުމަށް ތެދުވިއެވެ. އަދި އައިޝް އާއެކު ދޮރުމައްޗަށް ނިކުތެވެ. ގެއަށް ދިއުމަށްޓަކައެވެ. ކޮންމެ ގޮތަކަށް ކަންތައްތައް ވިޔަސް މާލެދެވެންދެން ކެއްކުރުމަށް ކުޑައަލިބެ އައިޝް އަށް ނަސޭހަތްތެރި ވިއެވެ. އަދި ބަސް އަހައިގެން ހުރުމަށް ބުނެ ގެއަށް ދިއުމަށް ހިގައިގަތެވެ.
ބޭބެ ދިއުމުން އައިޝް ވަނީ ކޮޓަރިއަށެވެ. ކުރާނެ ކަމެއް ނޭގި އެނދުގައި އިށީނދެލިއެވެ. އެވަގުތު އާތިފް ކޮޓަރިއަށް ވަދެ އައިޝްއާ ދިމާލަށް ނުހަނު ރުޅިވެރިކަމާއެކު ބަލާލިއެވެ. " ހަމަ އިންނަން ޖެހޭނީ، އަހަރެން ކޮންމެ ގޮތަކަށް އުޅުނަށް އިންނަން ޖެހޭނީ" އާތިފްގެ ވިހަ ބަސްތަކުން އައިޝްއަށް ކެތްނުކުރެވި ރޯންފެށުނެވެ. " ކިތަންމެ ވަރަށް ރުޔަސް މަ އުޅޭގޮތަކަށް އުޅޭނީ، ބޭނުމިއްޔާ ބުނޭ ވަރިވެސް ކޮށްފާނަން" އައިޝް އަށް ގިސްލަ ގިސްލާފައި ހަރު އަޑުން ރޯންފެށުނެވެ. " އާތިފް ތިހެން ނުބުނޭ، އަހަރެންގެ ދަރިފުޅުގެ ހައްގުގައިވެސް ތިހެން ނުބުނޭ، އާތިފް ބޭނުންގޮތަކަށް އުޅުނަސް ހެޔޮ، އަހަރެން ވަރި ވާކަށް ބޭނުމެއްނޫން"
އައިޝްގެ ހިތް ވަނީ ކުދިކުދިވެފައެވެ. ރުއިމާ ހިތްދަތިކަން ނޫން އެއްވެސް އެއްޗެއް އައިޝްއަކަށް ނެތެވެ. ކޮންމެ ގޮތަކުން ވިޔަސް އައިޝް މިއަދު އަޒުމު ކަނޑައެޅީ ކެތްކުރާށެވެ. މާލެ ދެވެން ދެންވެސް މަޑުމައިތިރިކަމާއެކު  ކެތްތެރިވެ ހުރުމަށެވެ. އާތިފް ކިޔަން ބޭނުންވަރަށް އެއްޗެހިކިއުމަށްފަހު ކޮޓަރިން ނިކުމެގެން ދިއައެވެ. އިރުކޮޅެއްފަހުން އާތިފްގެ މަންމަ ޔޫސުފް ގޮވައިގެން ކޮޓަރިއަށްވަދެ ރުޅިވެރި ނަޒަރަރުން އައިޝްއާ ދިމާލަށް ބަލާލުމަށްފަހު ޔޫސުފް ދިއްކޮށްލިއެވެ. ދެންވެސް މަޑުންއިންނާށޭ ބުނެ ނިކުމެގެން ދިޔައެވެ.
ގޭތެރޭގެ ހަލަބޮލިކަން އެހެން ދުވަސް ދުވަހަށްވުރެ ބޮޑެވެ. މީހުން ހެލިފެލިވެ އުޅޭ އަޑު އިވިއިވި ހުއްޓެވެ. އައިޝް ޔޫސުފަށް ކާން ދިނުމަށް ފަހު ނިންދެވުމަށް ޔޫސުފާއެކު އޮށޯތެވެ. ރޭނގަޑު 8 ޖެހިއިރުވެސް އެކަކުވެސް އައިޝްއަށް ކާން ގޮވާކަށް ނާދެއެވެ. ދިރިއުޅުމުގެ ކަންކަމާ ވިސްނާ ރޮއިރޮއި އޮއްވާ އައިޝްއަށް ނިދިއްޖެއެވެ. އައިޝްއަށް ހޭލެވުނީ ހެނދުނުއެވެ. ވެފައި ހުރި ވަރުބަލިކަމުން ވެސް ކަންނޭގެއެވެ. އަވަސް އަވަހަށް ތެދުވެ ރީތި ވެލުމަށްފަހު ޔޫސުފް ހޭލަން ވާއިރަށް ދޮންނަން ހުރި ހެދުންތައް ދޮވެލިއެވެ. ޔޫސުފް ހޭލުމުން ހަބީބައްތަ ގެއަށް ދިއުމަށްޓަކައެވެ.
ދުވަސްތައް ފާއިތުވަމުން ދިއައެވެ. އާތިފްގެ އުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ރޭގަނޑު ހަތަރުދަމު ހޭލާ އުޅުމަށްފަހު ނިދަނީ ފަތިހުއެވެ. އާތިފް ބޭރަދަމުން " މިދަނީ ލަތީފާ ގޮވައިގެން ދުވާލަން" " މިރޭ ލަތީފާމެންގޭގައި ނޫޑުލްސް ހަދަން ދާން މިދަނީ" މިފަދަ ބަސްތަކުން އައިޝްގެ ހިތް ޒަހަމްކުރަމުން ދިޔައެވެ. އާތިފްގެ ބަސްތަކުން އައިޝް ރޮއްވާ ނުލާ ރެއެއް މަދުވާނެއެވެ. އާތިފްގެ ވަގުތުތައް ހޭދަކުރަނީ ލަތީފާއާއެކު އެގޭގައެވެ. އާތިފްގެ އަމަލުތައް ދެމުން ގެންދިޔަ ވޭނައްވުރެ އާތިފްގެ އެ ބަސްތަކުން އައިޝްއަށް ލިބެމުންދިޔަ ވޭން މާބޮޑެވެ.
އައިޝް ވެސް ކޮންމެ ދުވަހަކުން ހެނދުނު ދަރިފުޅު ގޮވައިގެން ދަނީ ހަބީބައްތަ ގެއަށެވެ. އާއިލާގައި ހަމައެކަނި އައިޝްއާ ހިތްހެޔޮކަމާއެކު ވާހަކަ ދައްކަނީ ހަބީބައްތަ ކަމަށްވާތީއެވެ. ޔޫސުފް ގޮވައިގެން ހެނދުނު ގޮސް އެގޭގައި އުޅުމަށްފަހު ދަރިފުޅަށް ދޭނެ ކާއެތިކޮޅެއް ހިފައިގެން އިރުއޮއްސެންވާއިރަށް އަންނަނީ ގެއަށެވެ. ގެންނަ ކާއެތިކޮޅު ޔޫސުފައް ދިނުމަށްފަހު ބާކީ ހުރިނަމަ އައިޝް ވެސް ކައިގެން ދެމައިން އެކުގައި ނިދަނީއެވެ. 

3 comments:

  1. nice hawwaaa.... reethi, waiting for coming partsssss

    ReplyDelete
  2. :)
    dhen alhey... vaahaka ekkoh kiyaa hivvanee!!

    ReplyDelete
    Replies
    1. I keep in mind that, we tend to like n want things if its limited.:) just a thought. Me doing ma best to bring the next part soon.

      Delete