Pages

Friday, June 15, 2012

އެކުގާ ނެތަސް




ހުރީ މަ މިތާ ލިބޭތޯ އުފާ، މިލާ މި ދަނީ ނެތީމަ ވަފާ.
ލިބޭތޯ ހިތް އެދޭ އަލިކަން، މިތާ ހުރެގެން ކުރީމެ ދުޢާ.
ފަނާވެދިޔަސް ހިތާ ހަށިގަނޑު، އެދެން އަބަދުމެ ތިބާއަށް އުފާ.
ވަފާތެރިކަން ނެތަސް ލިބިފައި، ހިތުން ކުރަމޭ އަބަދު މެ ދުޢާ.
ނެތަސް ކާރީ މިއަދު އެކުގައި، އެދެން ލިބުމަށް ތިބާއަށް ވަފާ.
މަށަށް ދިނަކަސް ތި ނިކަމެތިކަން، ލިބުން އެދެމޭ ތިބާއަށް ޝިފާ.
ނެތަސް ބޭނުން މިއަދު އަހަރެން، ވުމަށް އެދެމޭ އަބަދުމެ ނަފާ.
މަގޭ މި ހަޔާތް ވެފާ ބަނަޔަސް، ތިބާއަށް އެދެން ދިރުން އުފަލާ.


4 comments:

  1. This shows Feelings im so much familiar, Words ive written so often,
    Yet when u combined these with ur own words...its so good to read. So easily giving the message. I love it ingey...keep up the good work...I wish you success in this.

    ReplyDelete
  2. Thanks so so very much Sofa. Maye you always be blessed with such a kind and loving heart.

    ReplyDelete
  3. wow hawwa i love it ingey.....

    ReplyDelete